ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނޫން ބޭފުޅަކު ކުރިމަތިނުލައްވާތީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އޭނާ ވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނިންމައި ޕްރައިމަރީއަށް ހުޅުވާލީ މި މަހުގެ 16ގަ އެވެ. އެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިއަދު މެންދުރު 12ގަ އެވެ.
ތަފްސީލް - ގާސިމް ޖޭޕީގެ ސެކްރެޓޭރިއަޓަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާ ޖޭޕީގެ ޓިކެޓަށް ކުރިމަތިލެއްވުމަށް ނިންމެވީ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ވެސް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އާއި އޭނާ އަކީ ޖޭޕީގެ ލީޑަރަށް ވުމުން ޕާޓީން އެދޭ ގޮތް ހާސިލުކުރުމަށް ކަމަށެވެ.
ފަސް މަންޒަރު - ޖޭޕީގެ ކެންޑިޑޭޓަކަށް ގާސިމް ވެވަޑައިގެންނެވިއިރު، އޭނާ ވަނީ މީގެ ކުރިން 2008 އަދި 2013ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާފަ އެވެ. އެ އިންތިހާބުތަކުން ނާކާބިޔާބުވެވަޑައިގެންނެވި ނަމަވެސް، 2008، 2013 އަދި 2018ގައި ވެރިކަމަށް އައި ފަރާތްތަކަށް އިންތިހާބު ކާމިޔާބުކުރެވުނީ ގާސިމްގެ ޖުމްހޫރީ ޕާޓީ ހިމެނޭ ގޮތަށް ހެދި ކޯލިޝަނެއްގެ ތެރެއިންނެވެ.
އިތުރު މީހަކު ކުރިމަތިނުލާތީ ގާސިމް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ