ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހޭ ސަބަބެއް އަދި ނުފެނޭ: އީސީ

އީސީން ބުނީ އެއްވެސް ދެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ ފަރަގު ކުޑަވުމަކީ އަލުން ވޯޓު ގުނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ދުވާފަރު ދާއިރާގެ ވޯޓުފޮށިތައް އަލުން ގުނަން ޖެހޭ ސަބަބެއް އަދި ނެތް ކަމަށް އިލެކްޝަން ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެ އެވެ. 
އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިހާބުގައި ވާދަކޮށް ހަތަރު ވޯޓުގެ ތަފާތަކުން ބަލިވި އިބްރާހިމް އަބްދުއްރަހްމާންގެ ފަރާތުން ވަނީ އެ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން އެދިފަ އެވެ. "ތަފާތު ކުޑަވުން އެއީ އޭގެ ޒާތުގައި ރީކައުންޓަކަށް ދާން ޖެހޭ އެއްވެސް ހުއްޖަތެއް ނޫން. އޭގައި ހިނގާފައި ހުރި މައްސަލަތަކާއި ވޯޓިން އިޖުރާއަތުގައި އުސޫލުތަކާ ހިލާފު ކަންކަން ހިނގާފައި ހުރިތޯއާ މައްސަލަތަކެއް ހުރިތޯ މި ކަންކަމަށް ބަލާނީ" ހަސަން ވިދާޅުވި އެވެ. ދުވާފަރު ދާއިރާ 1،074 ވޯޓު ލިބިގެން ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަލީ އެވެ. އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓު އިބްރާހިމަށް ލިބުނީ 1،070 ވޯޓެވެ.  އިލެކްޝަން ކޮމިޝަނުގެ ރައީސް ފުވާދުވެސް އިއްޔެ ވިދާޅުވީ މަޖިލިސް އިންތިހާބުގައި ދެވަނަ ފަހަރަށް ވޯޓު ގުނަނަ ޖެހޭ ފަދަ އެއްވެސް ކަމެއް ދިމާނުވާކަމަށެވެ. އާދީއްތަ ދުވަހުގެ އިންތިހާބުގައި މަޖިލީހުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރި އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 284،663 މީހުންނަށެވެ. އޭގެ ތެރެއިން 75 އިންސައްތަ މީހުން ނިކުމެ ވޯޓު ދިނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ