ރިޔާސީ އިންތިޚާބުން ބަލިވީ ނަޝީދު ވަކިވީމަ: ސޯލިހް

ރިޔާސީ އިންތިޚާބުން ބަލިވި މައިގަނޑު ސަބަބަކީ ޕާޓީގެ އެތެރޭގެ އިންތިޚާބަށް ފަހު، އެމްޑީޕީއަށް އެކުގައި ކުރިއަށް ނުދެވުމުން ކަމަށް ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 21 ގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ނ. މަނަދޫ އަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަކީ ވަރަށް ވާދަވެރިކޮށް ދިޔަ ޕްރައިމަރީއެއް ކަމަށެވެ. އެ ޕްރައިމަރީން ބަލިވި ބޭފުޅުން އެކުގައި ކުރިއަށް ވަޑައިގެންނެވޭ ގޮތެއް ނުވި ކަމަށް ސޯލިހް ވިދާޅުވިއެވެ.މިގޮތުން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަންވާނީ އެ ތަޖުރިބާގެ އަލީގައި އެކުގައި ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާނެ ކަމަށެވެ.
ހަމަ އެހެންމެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެ ވަޑައިގެންނެވި އެއްވެސް ވައުދެއް ފުއްދައިދެއްވާފައި ނުވާ ކަމަށާއި އެހެން ކަމުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް މުހިންމުވާ ކަމަށް ކުރީގެ ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ