ފިހާރައަކަށް ވަދެ ބިރު ދައްކައި ފޭރުނު މީހަކަށް ދައުވާ ކުރަނީ

މައްޗަށްގޮޅި ސަހަރާ ކައިރީ ހުންނަ ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކާ ފޭރުނު މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ މއ. ސަހަރާ ކައިރީ ހުންނަ ޕަރާއޯ ކިޔާ ފިހާރައަށް ވަދެ، ވަޅިން ބިރު ދައްކާ، ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލަ ތަހުގީގުކޮށް، މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ތަފްސީލް - އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ:
ފަވާޒު ކަޅުތުއްތު،36، ހ. ރެދަންގެ މައްޗަށް
އޭނާ އަކީ އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް
ޕަރާއޯ ފިހާރައަށް ވަދެ ވަޅިން ބިރު ދައްކާ ފައިސާ ފޭރުނީ މިދިޔަ މަހުގެ 1 ވަނަ ދުވަހު
އެ މައްސަލާގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިދިޔަ މަހުގެ 12ގައި
އޭނާގެ ބަންދު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އަމުރުކުރީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން ބަންދުގައި ބެހެއްޓުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ