ހައްޖު ކޯޕަރޭޝަނުގެ ނަމުގައި ސްކޭމު ހިންގާތީ ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި އެ ކުންފުނީގެ ނަމުގައި އާންމު ރައްޔިތުންނަށް މެސެޖުތަކެއް ފޮނުވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ތަފްސީލް - ލިންކު ފޮނުވައިގެން ފައިސާ ދެއްކުމަށް އެދި ހައްޖު ކޯޕަރޭޝަނުން މެސެޖު ނުކުރާނެ ކަމަށާއި އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖުކޮށްގެން އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ވެސް ނޭދޭނެ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފައިސާ ދައްކަން އަންގާނީ އެ ކުންފުނީގެ ނަމުގައި ހަދާފައިވާ ރަސްމީ އެކައުންޓުތަކަށް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކުރި އެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ، އޮޅުވާލައިގެން ފައިސާ ހޯދުމަށް ފޮނުވާ ލިންކުތަކަށް ސަމާލުވުމަށް އެދިފަ އެވެ. އަދި އެފަދަ ލިންކެއް ލިބުނު ނަމަވެސް، ލިންކަށް ނުފިތުމަށް އަދި އެފަދަ މެސެޖެއް ނުވަތަ ކޯލެއް ލިބިއްޖެނަމަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހައްޖު ކޯޕަރޭޝަނުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވާން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ