މާލެ ސަރަހައްދުގައި މިއަދު ހަވީރު 6 އިން މަސްދަޅު ކޭސް ޓޯކަން ނެގޭނެ

މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއަކު އެމީހަކަށް މަސްދަޅު ކޭސް ދޫކުރާނެ އެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުންދާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމަށް މިއަދު ހަވީރު 18:00 އިން ފެށިގެން ޓޯކަން ދޫކުރާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ބުނެފި އެވެ. 
އެ މިނިސްޓްރީން ބުނީ ޓޯކަން ދޫކުރާނީ ހަމައެކަނި އޮންލައިންކޮށް ކަމަށެވެ. ޓޯކަން ނަގަން ދަތިވާނަމަ ގާތް ފަރާތެއްގެ އެހީ ހޯދުމަށް ނުވަތަ މަސްދަޅު ކޭސް ދޫކުރަން ކަނޑައަޅާފައިވާ މަރުކަޒެއްގައި ތިބި މުވައްޒަފުންގެ އެހީ ހޯދުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.ޓޯކަން ދޫކުރުމަށް ހާއްސަ ކިއުއާރްކޯޑެއް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެރޭ މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތަކުގައި ކޮޅު ނުފެންނަ ވަރަށް މީހުން ވަނީ ކިޔޫ ދަމާލާފަ އެވެ. އެހެންވެ، މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމްތައް ފަސޭހަ ކުރުމުގެ ގޮތުން މިނިސްޓްރީން ވަނީ އޮންލައިންކޮށް ޓޯކަން ދޫކުރާ މި ނިޒާމް ގާއިމްކޮށްފަ އެވެ.
މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއަކު އެމީހަކަށް މަސްދަޅު ކޭސް ދޫކުރާނެ އެވެ.އެ މިނިސްޓްރީން ބުނީ ހޫނު ގަދަ ދުވަސްވަރެއްކަމުން، މިހާރު މަސްދަޅު ކޭސް ދޫކުރަން ހަމަޖެހިފައި ވަނީ ހަމައެކަނި ރޭގަނޑު ކަމަށެވެ. އެއީ 8:00 އިން މެންދަމު 12:00 އަށެވެ.މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް؛
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ