އުރީދޫއިން އޭއައިއާ ގުޅޭ މައުލޫމާތު މީޑިއާތަކަށް ދީފި

މިއަދު ފާހަގަކުރާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ބޭސިކް މީޑިއާތަކަށް ހާއްސަކޮށްފެބް އޭއައި ޓްރެއިނިން ސެޝަނެއް ހިންގައިފި އެވެ.އުރީދޫއިން ބުނީ، މިއީ ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ.މި ސެޝަންގެ ބައިވެރިން ވަނީ، އޭއައިއާ ގުޅޭ އާންމު މައުލޫމާތާއި އޭއައި މަސައްކަތް ކުރާ ގޮތާއި މީޑިއާގައި އޭއައި ބޭނުންކުރުމާއި އޭއައިގެ އެތިކްސް ފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަދައްކައި، ޚިޔާލު ބަދަލުކޮށްފަ އެވެ.ސެޝަނުގައި އަލިއަޅުވާލި މައިގަނޑު ބައިތަކުގެ ތެރޭގައި އޭއައިގެ އާންމު މައުލޫމާތާއި އޭއައި މަސައްކަތްކުރާ ގޮތާއި މީޑިއާގައި އޭއައި ބޭނުން ކުރެވިދާނެ ގޮތްތަކުގެ އިތުރުން އޭއައިގެ އެތިކްސް ހިއްސާކޮށްފައިވެ އެވެ.ޓްރެއިނިން ސެޝަނުގައި އުރީދޫން އުފައްދާފައިވާ ޗެޓް ބޮޓް ދައްކާލައި، އެ ތައްޔާރު ކުރުމުގައި ބަލާފައިވާ ކަންކަމަށް ވެސް އަލިއަޅުވާލާފައިވެ އެވެ.އުރީދޫން ބޭއްވި ބޭސިކް އޭއައި ޓްރެއިނިން ސެޝަނުގައި އެކި މީޑިއާތަކުން 15 މީހަކު ބައިވެރިވެ އެވެ.އާޓިފިޝަލް އިންޓެލިޖަންސަކީ އިންސާނުންގެ ވިސްނުމުގައި ހުންނަ ގާބިލްކަމާއި ސިފަތައް ދެނެގަނެ، ކޮމްޕިއުޓަރު އަލްގޮރިދަމްތައް މެދުވެރިކޮށް އެތައް ގުނައެއް އަވަހަށް މަސައްކަތް ކުރުމުގެ ގާބިލްކަން ސިސްޓަމްތަކުގައި ގާއިމްކުރުމެވެ. އާޓިފިޝަލް އިންޓެލިޖަންސް މިއަދުގެ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި އެކި ބޭނުންތަކަށް އަބަދުމެ ބޭނުންކުރާ ވަސީލަތެކެވެ. އަދި މިއަށް ދުނިޔޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުން ވަރަށް ބޮޑަށް ބަރޯސާ ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ