އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޕާކިސްތާނަށް ވަރަށްބޮޑަށް ތައުރީފްކޮށް ވާހަކަދައްކަވައިފިއެވެ.
ފޮކްސް ނިއުސްއާ ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ، ޕާކިސްތާނު މީހުންނަކީ ވިޔަފާރިކުރުމަށް ވަރަށް އިސްކަންދޭ ބައެއް އުޅޭ ޤައުމެއްކަމަށާއި، އެއީ އެ ޤައުމުގެ ހަމަޖެހުމަށް މިވަގުތު ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށެވެ. ޕާކިސްތާނު މީހުންގެ ވިސްނުމަށް ވަރަށްބޮޑަށް ތައުރީފްކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ޕާކިސްތާނުން މިހާރު އެންމެބޮޑަށް އިސްކަންދެނީ ވިޔަފާރިއާ އިޤްތިސާދުގެ ދާއިރާއިން ކުރިއަސްދިއުންކަމަށެވެ.
ޕާކިސްތާނުގެ ލީޑަރުންނާއެކު ކުރިއަށްގެންދިއަ ވާހަކަތަކަށްފަހު އެޤައުމުގެ ވިސްނުން އޮތްގޮތް ވަރަށް ރަނގަޅަށް އެނގުނުކަމަށާއި، ޕާކިސްތާނަކީ އީޖާދީގޮތުން ފާހަގަކުރެވޭ ޤައުމެއްކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. އެމެރިކާ އާއި ޕާކިސްތާނާ ދެމެދު މިހާތަނަށް ވިޔަފާރީގެ މާބޮޑުގުޅުމެއް ނެތަސް ކުރިއަށްއޮތް ތަނުގައި އެކަން ބަދަލުވެގެންދާނޭކަމަށް އުއްމީދުކުރާކަމަށް ތްރަމްޕް ވަނީ ވިދާޅުވެފައެވެ.
ފޮކްސްއާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އިންޑިއާއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އިންޑިއާގެ އިގްތިސާދީ ސިޔާސަތުތައް އެހާ ކަމުނުދާކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ، އިންޑިއާގެ ޓެރިފް ރޭޓް ނިސްބަތުން ބޮޑުކަން ފާހަގަކުރައްވާފައެވެ.
ޓްރަމްޕް ޕާކިސްތާނާ އެއްކޮޅަށް ވާހަކަތަކެއް ދައްކަވާފައިމިވަނީ މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި އަރަބިންނާއެކު ވިޔަފާރީގެ ބޮޑެތި ޑީލްތައް ހައްދަވާފައިވަނިކޮށެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ޕާކިސްތާނާ އެއްކޮޅަށް ވާހަކަދެއްކެވިއިރު، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރު ޕާކިސްތާނާ ގުޅުން އެހާ ރަނގަޅު ނޫންކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ޓްރަމްޕް ވަނީ އެމެރިކާގެ މަނާ ޤައުމުތަކުގެ ލިސްޓަށް ޕާކިސްތާނު ހިމެނުމަށްވެސް މަސައްކަތްކޮށްފައެވެ.
ޓްރަމްޕަށް މިފަހަރު އިންޑިއާއަށް ވުރެ ކަމުދިޔައީ ޕާކިސްތާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ