ރޯދަމަހު ވިޔަފާރި ބޭނުންތަކަށް މުދާ އުފުލޭނެ ގަޑިތައް އާންމުކޮށްފި

މިއަހަރުގެ ރަމަޟާންމަހު ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރީގެ ބޭނުންތަކަށް މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފި އެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްެ މުދާ އުފުލާ އުޅަނދުތަކުގައި:މުދާ އުފުލޭނީ - ހެނދުނު 9:30 އިން ހަވީރު 4:30 އަށް؛ އަދި ރޭގަނޑު 8 އިން ހެނދުނު 6 އަކަށްމުދާ އުފުލުން މަނާވާނީ - ހެނދުނު 6 އިން 9:30 އަށް؛ އަދި ހަވީރު 4:30 ފެށިގެން ރޭގަނޑު 8 އަށްރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ބަރު އުޅަނދާއި ހުރިހާ ބާވަތެއް މުދާ އުފުލާ އުޅަނދުތަކުގައި:މުދާ އުފުލޭނީ - ހެނދުނު 6 އިން 4:30 އަށް؛ އަދި ރޭގަނޑު 8 އިން ހެނދުނު 6 އަކަށްމުދާ އުފުލުން މަނާވާނީ - ހަވީރު 4:30 ފެށިގެން ރޭގަނޑު 8 އަށްމުދާ އުފުލުމަށް ހުއްދަ ދީފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި މުދާ އުފުލާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.ކޮންމެ ރަމަޟާންމަހާ ދިމާކޮށްވެސް މުދާ އުފުލޭނެ ގަޑިތަކަށް ކަމާބެހޭ ފަރާތްތަކުން ބަދަލު ގެނެއެވެ. މީގެ ބޭނުމަކީ މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަކުރުމާއި، މަގުތަކުގެ ޓްރެފިކް ކުޑަކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ