ބޭންކް އޮފް މޯލްޑިވްސްއިން ށ އަތޮޅު ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކޮށް ނިންމައިފިއެވެ.
ބީއެމްއެލުން ވަނީ މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް ޝިއާރުގެ ދަށުން ށ އަތޮޅުގެ 10 ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ބަހައްޓައި ހިދުމަތްދޭން ފަށާފައެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ މިއަހަރު މިހާތަނަށް މުޅިން އަލަށް 37 ރަށެއްގައި ސެލްފް ސާވިސް އޭޓިއެމްތައް ބަހައްޓާފައިވާކަމަށެވެ. ބީއެމްއެލްގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓިއެމް ބެހެއްޓުންކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރަށްރަށުގެ ކަސްޓަމަރުންގެ މާލީ މުއާމަލާތްތައް ވަރަށްބޮޑަށް އިތުރުވެފައިވާކަމަށާއި، މިއަހަރުގެ މިހާތަަނަށް އަތޮޅޫތެރޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތައް މެދުވެރިކޮށް 1.45 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ. މިއަދަދުންވެސް މުޖުތަމައުއަށް އޭޓީއެމްގެ ހިދުމަތް މުހިއްމުވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލުން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔާއެކު، 20 އަތޮޅުގައި 39 ބްރާންޗާއި، 133 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 188 އޭޓީއެމް ބަހައްޓާފައެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ހިދުމަތް އިފްތިތާހުކުރުން އޮތީ މިދިޔަ އަހަރު ނޮވެމްބަރުމަހުގެ 7 ވަނަ ދުވަހުއެވެ.
ބީއެމްއެލުން ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓިއެމްގެ ހިދުމަތް ގާއިމްކޮށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ