ލެއާ ގުޅިފައިވާ މަދުން ފެންނަ އަލާމާތެއް ހުންނަ ދިވެއްސެއްގެ ލިވާ މިއޮޓުން ބަދަލުކޮށްފި

މިއޮޓް އިންޓަނޭޝަނަލްއިން ވަނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް، ނުރައްކާތެރި އަދި ވަރަށް މަދުން ފެންނަ ލޭގެ އިމިއުން ކޮންޑިޝަނެއް ކަމަށްވާ އެންޓި-ކިޑް ޖޭކޭ(ބީ) އެންޓިބޮޑީ ޕޮޒިޓިވް ހުރި ބަލިމީހެއްގެ ލިވާ ކާމިޔާބުކަމާ އެކު ބަދަލުކޮށްފި އެވެ.
ދިވެއްސެއް ކަމަށްވާ އާމިނަތު ނާއިފާ، 55، މިއޮޓަށް ދިޔައީ މިދިޔަ ސެޕްޓެމްބަރުގައި ލިވާ ސިރޯސިސްގެ ބައްޔާ އެކު އެވެ. ބަލީގެ އަލާމާތްތައް ފެށުނީ ޖޫން 2023ގައި ނޭފަތުން ލޭއައުމުގެ މައްސަލައާ އެކު އެވެ. ފަހުން މި މައްސަލަ އިތުރަށް ގޯސްވެ، ނޮވެމްބަރު 2023ގައި ލެއާ އެކު ހޮޑުލާން ފެށި އެވެ.
ގިނަ ހޮސްޕިޓަލްތަކަކަށް ދިއުމަށް ފަހު، އައިޖީއެމްއެޗުގައި އޭނާގެ ހާލަތު ދެނެގަނެވި، ގެސްޓްރޯއިންޓެސްޓައިނަލް ބްލީޑިން ހުއްޓުވުމަށް ބޭންޑިން ސާޖަރީއެއް ކުރި އެވެ.
"އޭރު އަހަރެންގެ ހަނދާން ވެސް ކުޑަ ވަގުތުކޮޅަކަށް ގެއްލުނު. ޑޮކްޓަރުން ބުނީ އަހަރެންނަށް އިތުރަށް ދިރިހުރެވޭނީ 6 މަސް ދުވަހޭ،" ނާއިފާ ބުންޏެވެ.
މިއޮޓްގެ މެޑިކަލް ކޭމްޕެއް ރާއްޖޭގައި ބޭއްވި ދުވަސްވަރު، ނާއިފާ އެ ކޭމްޕަށް ގޮސް، މިއޮޓްގެ ގެސްޓްރޯއެންޓަރޮލޮޖީ ސްޕެޝަލިސްޓް އޭނާގެ ކޭސް ބައްލަވައި ބޭސްފަރުވާ ބަދަލުކޮށް، ލިވާ ޓްރާންސްޕްލާންޓާ ބެހޭ މައުލޫމާތު ދެއްވި އެވެ. އޭގެ ފަހުން، ސެޕްޓެމްބަރު 2024ގައި ނާއިފާ ވަނީ އޭނާގެ ދަރިންނާ އެކު މިއޮޓަށް ގޮސްފަ އެވެ.
މިއޮޓުގެ ލިވާ ޓްރާންސްޕްލާންޓް ޓީމުން ހެދި ޓެސްޓުތަކުން ދައްކާ ގޮތުން، ނާއިފާއަށް ޖެހިފައި ހުރީ ޑީކޮމްޕެންސޭޓެޑް ކްރޮނިކް ލިވާ ޑިޒީޒް އެވެ. މީގެ އިތުރުން، ތައިރޮއިޑް، ހިތުގެ ބަލި، ކޮލެސްޓްރޯލް އަދި ޑައިބެޓީޒްގެ މައްސަލަތައް ވެސް ހުރިކަން ފާހަގަކުރި އެވެ.
މިއޮޓުން ހެދި ޓެސްޓުތަކުން، ނާއިފާގެ ދަރިފުޅުގެ ލިވާ މަންމައަށް ދިނުމަށް މެޗުވި އެވެ.
އޮޕަރޭޝަނުގެ ކުރިން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި، ބަލިމީހާ (ބީ ޕޮޒިޓިވް) އަދި ލިވާ ހަދިޔާކުރާ ފަރާތް (އޯ ޕޮޒިޓިވް)ގެ ލޭގައި ވަރަށް ކުޑަ މިންވަރެއްގެ މިސްމެޗެއް ހުރިކަން ފާހަގަކުރެވުނެވެ. މިއޮޓްގެ ޓްރާންސްފިއުޝަން ސްޕެޝަލިސްޓުން އިތުރު ދިރާސާތަކެއް ކުރުމަށް ފަހު ދެނެގަތީ:
ބަލިމީހާގެ ލޭގައި އެންޓި-ކިޑް ޖޭކޭ(ބީ) އެންޓިބޮޑީ ޕޮޒިޓިވް ހުރި 
މިއީ އޭޝިއާ ސަރަހައްދުގައި ވަރަށް މަދުން ފެންނަ ލޭގެ ގްރޫޕެއް
މި ޓްރާންސްޕްލާންޓް ކާމިޔާބު ކުރުމަށްޓަކައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ. އެގޮތުން:
ފުރަތަމަ ގޮންޖެހުމަކީ ސާޖަރީގެ ތެރޭގައި އަދި އޭގެ ފަހުން ޓްރާންސްފިއުޒް ކުރަންޖެހޭ މެޗިން ޖޭކޭ(ބީ)-ނެގެޓިވް ރެޑް ބްލަޑް ސެލްތައް ދެނެގަތުން 
މިއޮޓްގެ ޑިޕާޓްމަންޓް އޮފް ޓްރާންސްފިއުޝަން މެޑިސިން ޓީމުން ބަލިމީހާގެ ލޭއާ 100 ޔުނިޓަށް ވުރެ ގިނަ ލޭ ކްރޮސް މެޗުކޮށް، 6 ޔުނިޓް މެޗިން ޖޭކޭ(ބީ)-ނެގެޓިވް ރެޑް ބްލަޑް ސެލް ހޯދި
ނާއިފާގެ އޮޕަރޭޝަން ކުރީ 4 އޭޕްރީލްގަ އެވެ. މިފަދަ ސާޖަރީތަކުގައި 12-15 ޔުނިޓް ލޭ ބޭނުންވާތީ ލޭ ގެއްލުން ކުޑަކުރުމަށް އެތައް ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ. މި ފިޔަވަޅުތަކާ އެކު، މި އޮޕަރޭޝަނަށް ބޭނުންވީ އެންމެ 3 ޔުނިޓް ލޭ އެވެ.
ސާޖަރީއަށް މިހާރު މަސްދުވަސް ވެފައި ވާއިރު، ނާއިފާގެ އެޗްބީ 13ގ/ޑީއެލްއަށް އަރަ އެވެ. އޭނާއަށް މިނިވަންކަމާ އެކު ހިނގާބިނގާވެ އުޅެވޭއިރު، އޭނާގެ ބަރުދަނާއި ކާހިތްވުން ވެސް ވަނީ އަލުން ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ