ފާއިތުވި އަހަރު އުރީދޫ މޯލްޑިވްސް އަށް ލިބުނު ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.43ރ. ބަހަން އުރީދޫއިން ނިންމައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިއަދު ޖަލްސާއެއް ބާއްވާފައެވެ. އަދި އެ ޖަލްސާގައި 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާނެ ޢަދަދު އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ވަނީ ފާސްކޮށްފައެވެ.
ޑިރެކްޓަރުންގެ ބޯޑުން 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައިވަނީ ހިއްސާއަކަށް 3 ރުފިޔާ 43 ލާރިއެވެ. އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 18 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާއި ހަމައަށް ރަޖިސްޓަރވެފައިވާ ފަރާތްތަކަށް 2024 ވަނަ އަހަރުގެ ޑިވިޑެންޑް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫއިން ބުނީ އަދި، ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު 21 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށެވެ.
މިއަހަރުގެ މާރިޗު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރަށް ހުށަހަޅާ ޑިވިޑެންޑް އަދި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކުރުމަށް ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހުށަހެޅިފައިވާ ޑިވިޑެންޑް ހިއްސާދާރުން ފާސްކޮށްފިނަމަ، މިއަހަރުގެ މާރިޗު މަހުގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ފެށިގެންދާނެއެވެ.
އުރީދޫއިން އިތުރަށް ބުނީ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށާއި މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރެވޭނެ ކަމަށެވެ.
ހިއްސާއަކަށް 3.43ރ. ބަހަން އުރީދޫއިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ