މާފަންނުގައި ހުރި އަމިއްލަ ބައެއްގެ އޮފީހެއްގައި އަލިފާން ރޯވެއްޖެ އެވެ.
މިރިޔަސް މަގުގައި ހުންނަ ގުރާބާ ޓްވާސް އެންޑް ޓްރެވަލްސްގެ އޮފީހުގައި އަލިފާން ރޯވެ ދުން އަރަމުން ދާއިރު، ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އަދަދު ނޫހުގެ ނޫސްވެރިޔާ ބުނީ ވަރަށް ބޯކޮށް ދުން ފެތެރެމުން އަންނަ ކަމަށާއި، ބައެއް ގެތަކުން މީހުން ވެސް ހުސްކުރަމުންދާ ކަމަށެވެ.
"ވަރަށް ބޯކޮށް ދުންހުރި ނަމަވެސް އަލިފާންގަނޑު ފަޅާލާފައި ބޭރަށް އަދި ނުނިކުމޭ. ސިފައިން ވެސް ދަނީ އެފަދަ ހާލަތްތަކަށް ތައްޔާރު ވަމުން،" އޭނާ ބުންޏެވެ.
އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
މާފަންނުގައި ހުރި އަމިއްލަ އޮފީހެއްގައި އަލިފާން ރޯވެއްޖެ މާފަންނުގައި ހުރި އަމިއްލަ އޮފީހެއްގައި އަލިފާން ރޯވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ