ދުންފަތުގެ ގަވައިދު: ސިނގިރޭޓު އުފައްދަން ބޭނުންކުރާ ހުސް ޓިޔުބް އެތެރެކުރުން މަނާ
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާންމު ގަވައިދުގެ ދަށުން ސިނގިރޭޓު އުފައްދަން ބޭނުންކުރާ ހުސް ޓިއުބް އެތެރެކުރުން މިއަދު މަނާކޮށްފިއެވެ. މިއަދު ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުތައް ކަނޑައަޅާފައިވާ ގަވައިދެއް ގެޒެޓުކޮށްފައެވެ. އެ ގަވައިދުގައި ވަނީ، ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާ އެއްކޮށް ނުވަތަ ފިލްޓަރާ ވަކިން ވިޔަސް ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސްފޮއްޓާއި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރަން ހުއްދައެއް ނުދެވޭނެ ކަަމަށެވެ. ނަމަވެސް، ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާއި ރޯލްނުކޮށް ހުންނަ ކަރުދާހާއި ފިލްޓަރާއި ކަރުދާސް އެއްކޮށް ނުވަތަ ވަކިން ޕެކެޓުކޮށްފައި ހުއްޓަސް 50 އަށް ވުރެ އަދަދު އިތުރުނުވާނަމަ އެތެރެކުރުމުގެ ހުއްދަ ދެވޭނެ ކަމަށް ބުނެފައެވެ. އޭގެއިތުރަށް ރޯލިން ޓޮބޭކޯ ފަދަ ދުންފަތުގެ ބާވަތްތައް އެތެރެކުރާއިރު ޕެކެޓުކޮށްފައި ހުންނަން ވާނީ މަދުވެގެން 30 ގުރާމަށް ވުރެ އިތުރުނުވާ ގޮތަށް ކަމަށާއި ޕެކެޓެއްގައި 100 ގުރުމަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެއެވެ. ފިހާރައެއްގައި ސިނގިރޭޓް ވިއްކުމަށް ބަހައްޓާފައި: ސިނގިރޭޓު އުފައްދަން ބޭނުންކުރާ ހުސް ޓިޔުބް އެތެރެކުރުން ދުންފަތުގެ ގަވައިދުގެ ދަށުން މިއަދު ވަނީ މަނާކޮށްފައި -- ސަން ފައިލް ފޮޓޯ ދުންފަތުގެ އިތުރު ބާވަތްތައް ޕެކެޓުކޮށް އެތެރެކުރާއިރު ހުންނަން ޖެހޭ މިންވަރަކީ: ސިނގިރޭޓު ފޮއްޓެއްގައި ވިހި ސިނގިރޭޓަށް ވުރެ މަދުނުވާހެން ބަންދުކޮށްފައި ހުރުން ބިޑި ޕެކެޓެއްގައި ހުންނަން ޖެހެނީ 50 ބިޑިއަށް ވުރެ މަދުނުވާހެން ސުއްޓާ ޕެކެޓެއްގައި ފަސް ސުއްޓާއަށް ވުރެ މަދުނުވާހެން ބަންދުކޮށްފައި ހުރުން އިތުރު ބަދަލެއް ނުގެނެސް ހުންނަން ފުންފަތް ގަހުގެ ފަތް: ޕެކެޓެއްގައި މަދުވެގެން 30 ގުރާމު ހުންނަންޖެހޭއިރު، ގިނަވެގެން 1،000 ގުރާމަށް ވުރެ އިތުރުނުވުން ޗުވިން ޓޮބޭކޯ ފަދަ ދުންފަތުގެ ބާވަތްތަކުގެ ޕެކެޓެއްގައި މަދުވެގެން 30 ގުރާމު ހުންނަން ޖެހޭއިރު، 100 ގުރާމަށް ވުރެ އިތުރުނުވުން ނިކޮޓިން ޕައުޗް ފަދަ ދުންފަތުގެ ބާވަތްތަކުގެ ޕެކެޓެއްގައި މަދުވެގެން 15 ގުރާމު ހުންނަޖެހޭ. އަދި، ގިނަވަގެން 100 ގުރާމަށް ވުރެ އިތުރުނުވުން ރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި އެ ބާވަތްތައް ވިއްކާ ފަރާތްތަކުން ދުންފަތުގެ ބާވައްތައް ހިމެނޭ ފޮއްޓާއި ޕެކެޓާއު ކާޓަންގެ އިތުރަށް އެފަދަ އެއްޗެހި ބަންދުކޮށްފައި ހުންނަ އެއްޗެހީގެ ބޭރުގައި ހެލްތު މިނިސްޓްރީން އާންމުކުރާ އިންޒާރުގެ ނޯޓިސް ޖަހަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހުގެ ކުރީކޮޅު ހެލްތު މިނިސްޓްރީން ކުރިން ކަސްޓަމްސްއަށް ދިން ލަފައެއްގައި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށް ގާނޫނުގައި ބުނާތީ، ދުންފަތުގެ ބާވަތެއް އުފައްދަން ބޭނުންވާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށް އެންގިއެވެ. އޭގެފަހުން މިދިޔަ މަހު 22ގައި އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުންކުރާ ތަކެތި ގެނައުމުގެ ހުއްދަ އަލުން ކަސްޓަމްސްއިން ވަނީ ދީފައެވެ. ކަސްޓަމްސްއިން އޭރު ބުނީ، ކަސްޓަމްސްއަކީ ތަންފީޒީ އިދާރާއަކަށް ވާތީ، އެޚިދުމަތުން ހިފަހައްޓަނީ ގާނޫނަކުން ރާއްޖެއަށް އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށެވެ. https://sun.mv/201689 އެގޮތުން، ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއް ކްލިއާކުރާ މަރުހަލާގައި، ބަލަންޖެހޭ އެކި ބެލުންތަކަށް ފަހު، އެ މުދަލަކީ ގާނޫނީ ގޮތުން ގައުމަށް އެތެރެކުރުން މަނާ މުދަލެއް ނޫން ނަމަ އެ މުދަލެއް ދޫކުރަމުންދާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ