ގެއްލުނު ދޯނި ފެނިއްޖެ، އެންމެންގެ ހާލު ރަނގަޅު

ފަސް މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ހުވަދޫ ކަނޑާ ހިސާބަށް ދިޔަ ފަހުން ގެއްލިގެން ހޯދަނިކޮށް، އެ ދޯނި ރޭ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.ކޯސްޓްގާޑުން ބުނީ "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ ދޯނި ފެނުނީ ރޭ ފަތިހު 4:00 ހާއިރު، ގއ.ވިލިނގިލީގެ އިރު އުތުރުން 48 މޭލު ބޭރުން ކަމަށެވެ. އެ ދޯނި ފެނުނު އިރު އޮތީ އިންޖީނު ހުއްޓިފަ އެވެ.ސިފައިން މިހާރު އަންނަނީ ވެރިފަރާތާ ގުޅިގެން ކައިރި ރަށަކަށް ދޯނި ބަނދަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.އެ ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ