މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު، އެމް.ޕީ.އެލްގެ ސީ.އީ.އޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމަކީ އަތޮޅުތެރޭގެ ރަށްރަށަށް މުދާ ގެންދިއުމަށް އެކި ރަށްރަށުން މާލެ އަންނަ އުޅަނދުފަހަރަށް ބަނދަރުން ޖާގަ ލިބުމުގައާއި، ބަނދަރުން ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯއާ، މިނިސްޓަރ މިއަދު ބައްދަލުކުރެއްވި އިރު، މި މަހުގެ 8 ވަނަ ދުވަހު މާލެއަށް ދަތުރުކުރާ ބައެއް ބޯޓު ފަހަރުގެ ނެވިންނާއި، އޮޑިވެރިން މިނިސްޓަރ އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވާ، މާލޭ ބަނދަރު ބޭނުންކުރުމުގައި، އެ ފަރާތްތަކަށް ދިމާވާ ދަތިތައް މިނިސްޓަރާ ހިއްސާކުރައްވާފައި ވެއެވެ. އަދި އެ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށް، މަސައްކަތްކޮށްދެއްވުން އެދި މިނިސްޓަރގެ އަރިހުން އެ ފަރާތްތަކުން އެދިވަޑައިގެންފައިވާކަން ފާހަގަކުރަމެވެ.
މާލެއަށް ދަތުރުކުރާ ބައެއް ބޯޓު ފަހަރުގެ ނެވިންނާއި، އޮޑިވެރިން ވަނީ ކަރަންޓާއި، ފެން މިހާރަށް ވުރެ ފަސޭހަ އިންތިޒާމެއްގެ ތެރޭން ލިބޭނެ ގޮތް ވުމަށާއި، ތެޔޮ އެޅޭނެ ގޮތް ހަމަޖެހުމުގެ އިތުރުން އެއްގަމު ތޮށްޓާ ކައިރި ނުކުރެވި ކިޔޫގައި އޮންނަ މުއްދަތު މިހާރަށް ވުރެ ކުޑަވާނެ ގޮތް ހަމަޖެހިގެން ދިޔުމަށް އެދިލައްވާފައެވެ.
މާލެ އަންނަ އުޅަނދުފަހަރަށް ބަނދަރުގެ ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ