ފިޓްނަސް އިންފްލުއެންސާ ޝަޒީ އެކްސިޑެންޓުވެ އައިސީޔޫގައި ފިޓްނަސް އިންފްލުއެންސާ ޝަޒީ އެކްސިޑެންޓުވެ އައިސީޔޫގައި

ސިނަމާލެ ބްރިޖް ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފިޓްނަސް އިންފްލުއެންސާ އައިޝަތު ޝަޒީއަށް ބޮޑެތި އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ 19:08 ހާއިރު ހިނގި އެ އެކްސިޑެންޓުގައި ޝަޒީ އިނީ އެކްސިޑެންޓުވި ކަވަސާކީ މަރުކާގެ ރޭސް ސައިކަލުގެ ފަހަތުގަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ އެ އެކްސިޑެންޓުގައި ޝަޒީއަށް ލިބުނު އަނިޔާތައް ސީރިއަސްކަމުން އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ނަމަވެސް ފަހުން ވެންޓިލޭޓަރުން ނަގައި އަދިވެސް އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި ހާލު ސީރިއަސް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"ވެންޓިލޭޓަރުގައި ފުރަތަމަ ފަރުވާދިނީ. އެކަމަކު މިހާރު ވެންޓިލޭޓަރުން ނަގައިފި. އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި. ހާލު ސީރިއަސް،" އޭނާ ވިދާޅުވި އެވެ.
އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރެއިން މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ޝަޒީއަށް އެކަންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ