ދެ ގައުމަކުން ރާއްޖެއަށް އަލަށް ކަނޑައަޅާފައިވާ ސަފީރުން، މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެދުނު ކުރިއަށް ގެންދިޔަ ވަކި ދެ ހަފުލާއެއްގައި ރައީސް އަށް ފަތްކޮޅު އެރުވީ ޖަޕާނު އަދި އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް އަލަށް ކަނޑައެޅި ދެ ސަފީރުންނެވެ.
މި ދެ ރަސްމިއްޔާތަށް ދެ ސަފީރުން ރައީސް އޮފީހަށް ވަޑައިގެންނެވީ ޖުމްހޫރީ މައިދާނުން ފެށިގެން ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަކީ އިޝިގާމީ ރުމީކޯ އެވެ. ފަތްކޮޅު އެރުއްވުމަށްފަހު ރުމީކޯ ވަނީ ރައީސް މުއިއްޒުއާއެކު ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ބައްދަލުވުމުގައި ރައީސް މުއިއްޒު އަދި ޖަޕާނުގެ ސަފީރު މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޑިސާސްޓަރ މެނޭޖްމަންޓް އަދި އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާ ހިމެނޭ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު އިނގިރޭސި އައު ސަފީރު އަދި އޭނާގެ ޓީމާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އިނގިރޭސިވިލާތުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރަކީ ނިކޮލަސް ޑޭވިޑް ލޯ އެވެ.
ފަތްކޮޅު އެރުއްވުމަށްފަހު ރައީސް އާއި ސަފީރު ބައްދަލުކުރައްވާ ދެ ގައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ހާއްސަކޮށް މަތީ ތައުލީމުގެ ދާއިރާގެ މަޝްވަރާތަކެއް ކުރިއަށް ގެންދެވި ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މޫސުމީ ބަދަލުގެ ސަބަބުން ދިމާވާ މައްސަލަތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަދެއްކެވި ކަމަށް ރައީސް އޮފީހުން ނެރުނު ހަބަރުގައި ބުނެފައިވެ އެވެ.
ޔޫކޭ އަދި ޖަޕާނުގެ އައު ސަފީރުން ރައީސް އަށް ފަތްކޮޅު އަރުވައިފި ޔޫކޭ އަދި ޖަޕާނުގެ އައު ސަފީރުން ރައީސް އަށް ފަތްކޮޅު އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ