މާފަންނު ބިސްބުރުކައިރީ، މުރަނގަ މަގުގައި ވަގުތީ މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުމަށް ނިންމާފަވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ބިދާޅުވީ މާފަނު "ބޮޑުގެ" ވަގުތީ މިސްކިތް ހުރި ތަނުގައި ބިނާކުރާނީ ޒަމާނީ ފެންވަރުގެ 3 ބުރީގެ މިސްކިތެއްކަމަށެވެ. އަދި މި މިސްކިތް ވެގެންދާނީ، ނަމާދުކުރުމުގެ އިތުރުން ދީނީ ޢިލްމު އުނގަންނައިދިނުމަށް ބޭނުންވާ ކްލާސްތައްވެސް ހިންގޭގޮތަށް
ފަރުމާކޮށް ކުރާ އިމާރާތަކަށްކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިސްކިތުގެ ނަމާދުކުރާ ބައިގެ އިތުރުން، ޤުރްއާނުގެ ޢިލްމު އުނގަންނައިދެވޭގޮތަށް ކްލާސްރޫމާއި ލައިބްރަރީ ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އައު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މި ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އައު މިސްކިތުގެ މަސައްކަތް ފަށާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިސްކިތްތައް ބެލެހެއްޓުމާއި އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކުވެސް ދަނީ ކުރިއަށްގެންދަމުންނެވެ. މި ސައްކަތުގައި ދީލަތި ފަރާތްތަކުން ދެމުންދާ އެހީ ވުޒާރާއިން ފާހަގަކުރައްވައެވެ.
މިދިޔަ އަހަރު މުޅިން އަލަށް ތިން މިސްކިތެއް ހުޅުވިއިރު، އޭގެތެރެއިން ދެ މިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތެވެ.
އަދި އޭގެއިތުރުން މިދިޔަ އަހަރު އިތުރު 9 ފަރާތަކުން މިސްކިތް ބިނާކުރަށް އެދިގެން، އެކަމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަޙައްދުގައި ބިނާ ކުރާ 5 މިސްކިތާ އަދި އަތޮޅުތަކުގައި ބިނާކުރާ 4 މިސްކިތް ހިމެނެއެވެ.
މީގެއިތުރުން މިދިޔަ އަހަރު ވަނީ މިސްކިތްތަކުގެ ހާލަތު ދުވަހުން ދުވަހަށް ބަލައި މޮނީޓަރކުރުމަށްޓަކައި ކޮންމެ ރަށެއްގައި އަދި ސިޓީތަކުގެ ކޮންމެ އަވަށެއްގައި މިސްކިތު ކޮމިޓީ އެކުލަވާލަން ޖެހޭގޮތަށް، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުން ޤަވައިދެއްވެސް އެކުލަވާލާފައެވެ.
މާފަންނު "ބޮޑުގެ" ވަގުތީ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް ބިނާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ