އޭސީސީގެ މުވައްޒަފުންނަށް ކުރިޔަށް ގެންދިޔަ ދިވެހިބަހުގެ ކޯސް ނިންމާލައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންނަށް ޚާއްސަކޮށް، ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދިޔަ ކޯސް ނިންމާލައިފިއެވެ. އަށް ގަޑިއިރަށް ކުރިއަށްގެންދިޔަ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިހުތިރާމާއެކު މުއާމަލާތް ކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންނަށް ޚާއްސަކޮށް، ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދިޔަ ކޯހުގެ ބައިވެރިއަކަށް ހަނދާނީ ލިޔުން ދެނީ -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ އެގޮތުން މި ކޯހުގައި ކުރިއަށްގެންދާ ބައިތަކުގެ ތެރޭގައި ހިމެނެނީ: ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެ ގޮތް އޮޅުންފިލުވައިދިނުން ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު އޮޅުންފިލުވައިދިނުން ސާފު ރީތިބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދިނުން ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ސުކުންކުރާނެ ގޮތްތައް އޮޅުންފިލުވައިދިނުން ތާނައިގައި ތިކިޖަހައިގެން ލިޔާނެ އުސޫލު އޮޅުންފިލުވައިދިނުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންނަށް ޚާއްސަކޮށް، ދިވެހިބަހުގެ އެކެޑަމީން ކުރިއަށްގެންދިޔަ ކޯހުގެ ބައިވެރިއަކަށް ހަނދާނީ ލިޔުން ދެނީ -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ އެކެޑަމީން ބުނީ މި ކޯހުގެ ކްލާސްތައް ކުރިއަށް ގެންދިޔައީ ހަތަރު ދަންފަޅިއަކަށް ބަހައިލައިގެން ކަމަށެވެ. މި ކޯހުގައި ކިޔަވައިދެއްވީ ގައުމީ ޔުނިވާސިޓީގެ ދެ ދާރިސުންކަމުގައިވާ އަލްފާޟިލާ ޢަޒީޒާ ޢަފީފާއި އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ. މި މަހުގެ ދެއަކުން ފަހަކަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 31 ބައިވެރިން ސަނަދު ހާސިލްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ