ލަންޑަން (މާޗް 21) - އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުން މެޗުތަކަށް ނުކުންނައިރު، ބަލިވެދާނެތީވެ ބިރުން އުޅެގެން އެ ޓީމަށް ކާމިޔާބު ނުލިބޭނެ ކަމަށް ދާދި ފަހުން އެ ޓީމާ ހަވާލުވި ޖަރުމަނުގެ ކޯޗު، ތޯމަސް ޓުޗެލް ބުނެފި އެވެ.
މީގެ ފަސް މަސް ކުރިން ޓުޗެލް ވަނީ އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފަ އެވެ. އެކަމަކު، އޭނާގެ 18 މަސް ދުވަހުގެ ކޮންޓްރެކްޓްގެ މަސައްކަތް ފެށީ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ޓުޗެލް، އިންގްލެންޑާ އެކު ނުކުންނަ ފުރަތަމަ މެޗަކީ، މިރޭ ވޯލްޑް ކަޕް ކޮލިފައިންގައި އަލްބޭނިއާއާ ކުޅޭ މެޗެެވެ.
"އަހަންނަށް ވަރަށް ގިނަ ގޮތްގޮތުން އަޑު އިވިއްޖެ. މިއީ ވަރަށް ޒިންމާ ބޮޑު މަގާމެކޭ. އަހަންނަށް ކުޅުންތެރިންގެ ފަރާތުން އިވުނު އެ ކަންކަމަށް އަހަރެން ވިސްނަން،" ޗެލްސީއާ އެކު ގިނަ ކާމިޔާބީތަކެއް އިނގިރޭސި ފުޓްބޯޅައިގައި ހޯދި ކޯޗު، ޓުޗެލް ބުންޏެވެ.
"ޔޫރޯ ފުޓްބޯޅަ މުބާރާތް ބެލިއިރު އަހަންނަށް ފެނުނީ ކުޅުންތެރިން މޫނުމަތިން މާޔޫސްކަމާއި ބިރުވެރިކަން. ކުޅުންތެރިން ކުޅުނީ ބަލިނުވާން. ހަގީގަތުގައި އިންގްލެންޑަކީ މޮޅުވާން، ކާމިޔާބު ހޯދަން ކުޅެން ޖެހޭ ޓީމެއް،"
ޓުޗެލް ބުނީ، އިންގްލެންޑުގައި ތިބީ ގިނައިން ހުނަރުވެރި އެޓޭކިން ކުޅުންތެރިން ކަމަށާއި ޑިފެންޑަރުންނަށް ބެލިޔަސް އެ ވިސްނުމަށް ރަނގަޅު ކުުޅުންތެރިން ގިނަ ކަމަށެވެ. އެހެންކަމުން، އިންްގްލެންޑް ޓީމުގެ ކަންކަން ރާވާއިރު، އެޓޭކިން ފުޓްބޯޅަ އަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ޓުޗެލްގެ ވާހަކައިގައި ފާހަގަކުރި އެވެ.
ޓުޗެލް ކޯޗަކަށް ހަމަޖެއްސި ކޮންޓްރެކްޓް އޮތީ 2026 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ޓުޗެލްގެ ޓާގެޓަކީ އިންގްލެންޑާ އެކު، އަންނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.
ބަލިވެދާނެތީ ބިރުން އުޅެގެން އިންގްލެންޑް ކުރިއެއް ނާރާނެ: ޓުޗެލް ބަލިވެދާނެތީ ބިރުން އުޅެގެން އިންގްލެންޑް ކުރިއެއް ނާރާނެ: ޓުޗެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ