މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން މިއަދު ތައިލެންޑަށް ހިލޭ ގުޅޭނެ އިންތިޒާމު އުރީދޫ މޯލްޑިވްސް އިން ހަމަޖައްސައިފިއެވެ.
އުރީދޫ އިން ބުނީ ބިން ހެލުމާއި ގުޅިގެން އުރީދޫ މެދުވެރިކޮށް ތައިލޭންޑަށް މިރޭ މެންދަމު 12 ޖެހުމާއި ހަމައަށް ހިލޭ ގުޅޭނެ ކަމަށާއި، މިއީ ތައިލެންޑުގައި މިވަގުތު ދިރިއުޅޭ އާއިލާއި ރައްޓެހިންގެ ހާލު ބެލުމަށް ފަސޭހަ ކުރުމުގެ ގޮތުން ހަމަޖެއްސި ކަމެއް ކަމަށެވެ.
މިއަދު މިޔަންމާއަށް އައި 7.7 މެގްނެޓިއުޑްގެ ބިންހެލުމާއެކު ހަދަމުންދިޔަ 30 ބުރީގެ ސްކައިކްރޭޕާ އިމާރާތެއް ވެސް ވަނީ ބިމާހަމަވެފައެވެ. އަދި ގިނަ މަގުތަކެއްގައި އަޅާފައިވާ ތާރު ކަނޑައިގެންގޮސްފައި ވާއިރު އެ ގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.
އާންމުކޮށް ދިވެހިން ގޮސްއުޅޭ ސަރަހައްދުތަކުގައި ހުރި އިމާރާތްތައް ވެސް ވެއްޓިފައި ވާއިރު އަނިޔާވި ގިނަ ބަޔަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މިޔަންމާގެ ބިންހެލުން އައި ސަރަހައްދާއި މާލެއާ ދެމެދު ހުރި ދުރުމިނަކީ 3121 ކިލޯމީޓަރު ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ނެރުނު ބަޔާނުގައި ފޮރިން މިިނިސްޓްރީއިން ބުނީ މިހާތަނަށް ބެލިބެލުމުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލުރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބިންހެލުން އައި ތައިލެންޑަށް މިރޭ 12 ޖަހަންދެން ހިލޭ ގުޅޭގޮތަށް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ