ފާއިތުވި 6 އަހަރު ތެރޭ ސްޓެލްކޯއަށް އެންމެ ބޮޑު ފައިދާއެއް ވީ މިދިޔަ އަހަރު، 137.9 މިލިއަން ރުފިޔާ

ފާއިތުވި 6 އަހަރު ތެރޭ ސްޓެލްކޯއަށް އެންމެ ބޮޑު ފައިދާއެއް ވީ މިދިޔަ 2024 ވަނަ އަހަރުކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު އެކެސްގައި ހިއްސާ ކުރެއްވި ތަފާސްހިސާބުގައި ވާގޮތުން މިދިޔަ 2024 ވަނަ އަހަރު ސްޓެލްކޯ އިން ވަނީ 137.9 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ. ތަފާސްހިސާބުން ހާމަވާ ގޮތުގައި 2023 ވަނަ އަހަރު ސްޓެލްކޯ އަށް ވަނީ 171.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. ނަމަވެސް އެ ގެއްލުމުން އަރައިގަނެ ސްޓެލްކޯއިން ވަނީ 2024 ވަނަ އަހަރު ފައިދާގެ ގޮތުގައި 137.9 މިލިއަން ރުފިޔާ ހޯދާފައެވެ.
2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ ފައިދާ އިތުރުވެފައިވާއިރު، 2021 ވަނަ އަހަރު ކުންފުނީގެ ފައިދާ ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން:
މި ތަފާސްހިސާބުތައް ހިއްސާ ކުރައްވާ ފަހުމީ ވިދާޅުވީ 2024 ވަނަ އަހަރު އަހަރު ސްޓެލްކޯގެ މާލީ ނަތީޖާ ރަނގަޅުވީ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމާއެކު ވަސީލަތްތައް ހަރުދަނާ ގޮތެއްގައި ބޭނުންކުރެވުމުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސްޓެލްކޯ އިން ގެންދަނީ އެ ކުންފުނިން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ