މާދަމާ އިން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު އޮފީސް) އިން އިލްތިމާސްކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މެޓު އޮފީހުގެ ބަޔާނެއްގައި ބުނެފައި ވަނީ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮންނަ ފަސް ދުވަހު ވެސް ރާއްްޖޭގެ ސަރަހައްދުގައި ކަނޑުތައް ގަދަވެ، ވައި ބާރުވެ ވިއްސާރަ ކުރާނެ ކަމަށެވެ.
އެ މުއްދަތުގައި އާންމު ގޮތެއްގައި 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައި ވެ އެވެ.
އީދު ބަންދަށް ގިނަ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރި އެވެ. އީދު ޗުއްޓީ ނިމޭނީ ހޯމަ ދުވަހު އެވެ. ކަނޑުދަތުރުކުރާ މީހުން ވެސް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
- ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ
- ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން 5 މޭލާއި 15 މޭލަށް. ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް އެކަށީގެންވޭ.
- އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ
- ދެކުނުގެ އަތޮޅުތަކުގައި ރާޅު ހުންނާނީ 2 ފޫޓާއި 4 ފޫޓު އުސްމިނުގައި. އުތުރާއި މެދުރާއްޖެތެރެއަށް 3 ފޫޓާއި 5 ފޫޓު
ހުލާސާކޮށް އިއްޔެ: ސަމާލުވޭ، މާދަމާއިން ފެށިގެން މޫސުން ގޯސް ހުލާސާކޮށް އިއްޔެ: ސަމާލުވޭ، މާދަމާއިން ފެށިގެން މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ