ޒުވާނުންނަށް ކުޅިވަރާއި އެހެނިހެން ކަންކަމުގައިވެސް ދެއްވެން ހުރި އެންމެހާ އެހީތެރިކަމެއް ސަރުކާރުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ނިންމުމުގެ ރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާނުންނަށް ފަހި ގިނަ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"މި ފުރުސަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވެރިކަމުގައި ޒުވާނުންނަށް، ކުޅިވަރާއި އަދި އެހެނިހެން ކަންކަމުގައިވެސް ލިބެން ހުރި ހުރިހާ ފުރުސަތުތަކެއްގައިވެސް ވަރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ދަންނަވަން" ނައިބު ރައީސް ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ސަބަބުން ޒުވާން އައު ކުޅުންތެރިން އުފެދިފައިވާކަން ފާހަގަކުރައްވަމުން، ޚާއްސަކޮށް އަތޮޅުތެރެއިން މި މުބާރާތަށް ބެހެއްޓި ފޯރި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ޒުވާނުންނަށް ކުޅިވަރާއި އެހެނިހެން ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ