މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މެދުވެރިކޮށް އައިނު ހެއްދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރައްޔިތުން ބޮޑުއަގުގައި ނަމްބަރުއައިނު ހައްދަމުންގެންދާ މައްސަލައަކީ އެކަމަށް ހައްލު ހޯދައިދިނުމަށް ރިޔާސީ ކެމްޕެއިން ދުވަސްވަރު ރައްޔިތުން އެދުނު ކަމެއް ކމަށެވެ. ރައީސް ވިދާޅުވީ އައިނު ހެއްދުމަށް އާސަންދައިގެ ފަރާތުން ކަވަރ ކޮށްދެމުން އަންނަ 1،000 ރުފިޔާގެ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރަން ޖެހުނީ އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންކަމަށެވެ.
މިގޮތުން އައިނު ހެއްދުމަށް އާސަންދައިން ދޭ އަދަދު ބޮޑުކުރިނަމަވެސް ކުރިއަށްއޮތް ތަނުގައި އޭގެ ނާޖާއިޒްފައިދާ އަމިއްލަ ކުންފުނިތަކުން ނެގިޔަ ނުދެއްވާނޭކަމަށާއި، އައިނު ހެއްދުމުގެ ހިދުމަތް ސަރުކާރު ހޮސްޕިޓަލްތަކުން ލިބޭނޭ އިންތިޒާމް ހަމަޖައްސަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި އަޅުގަނޑުމެން އައިނު ބިޒްނަސް ފަށާނަން. ދެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ މީހުން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަޅުގަނޑަށް ހެޔޮ
ރައީސް ވިދާޅުވިއެވެ
ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް މުހިއްމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވާލުންކަމަށާއި، މިކަމުގައި ދެން އައިނުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކަށްވެސް ޖެހޭނީ އައިޖީއެމްއެޗާ ވާދަކުރަންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ބްރާސްފަތިދވަހުގެ ރޭ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވަނީ އައިނު ހެއްދުމަށް އާސަންދައިން ކުރާ ހޭދަ 2000 ރުފިޔާއަށް ބޮޑުކުރެއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. ރައީސްގެ އެ ނިންމެވުމާއެކު ޖޫން އެކަކުން ފެށިގެން އައިނު ހެދުމަށް ދޭ 1000 ރުފިޔާ, 2000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.
ރާއްޖޭގައި އައިނު ހެއްދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. ހާއްސަ ގޮތެއްގައި އަމިއްލަ ވިޔަފާރިތަކުން އައިނު ހެއްދުމަށާއި އައިނު ދުނިގަނޑަށް ނަގާ އަގު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއެކެވެ.
އައިޖީއެމްއެޗް މެދުވެރިކޮށް އައިނު ހެއްދުމުގެ އިންތިޒާމު ހަމަޖައްސަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ