އައު އަހަރަކާ ކުރިމަތިލާއިރު، އެންމެ ބޮޑަށް ހިތްދަތި ވަނީ ޣައްޒާގެ ހާލަތުން: ގާސިމް

އައު އަހަރަކާ ދުނިޔެ ކުރިމަތިލާ އިރު، އެންމެ ބޮޑު ހިތާމައަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތު ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
އަދި 56،000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަން ވެސް ގާސިމް ފާހަގަ ކުރެއްވިއެވެ. އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އެޅުމުގެ ސަބަބުން މިލިއަނަކަށް ވުރެ ގިނަ ގެތައް ހަލާކުވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ތަހުނިޔާގެ މެސެޖްގައި ވަނީ އާ އަހަރު ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އަރިސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ