ޣައްޒާއިން ޝަހީދު މީހުންގެ އަދަދު 12،000 އަށް!

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 12،000 އަށް އަރާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
އިސްރާއީލް ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ، ޖެނެރަލް އިސްމާއީލް ތަވާބްތާ ވިދާޅުވީ، މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު މިހަނގުރާމައިގެ ތެރެއިން މިހާތަނަށް 12،000 ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
އޭނާ މިފަދައިން ބުނި ނަމަވެސް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އަދި އެކަން އިއުލާނު ކޮށްފައެއް ނުވެއެވެ. އެއީ މިހާރު ޣައްޒާއިން ޝަހީދުވާ މީހުންގެ އަދަދުތައް ބަލަހައްޓަން މިނިސްޓްރީއަށް އުނދަގޫތަކެއް ދިމާވެފައިވާތީއެވެ. މިނިސްޓްރީން އެންމެ ފަހުން ޝަހީދުވި މީހުންގެ އަދަދު ހާމަކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އޭރު މިނިސްޓްރީން ބުނީ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 11،320 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 4،600 އަށްވުރެ ކުޑަކުދިން ހިމެނެއެވެ.
ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 11،000 އަށް އަރާފައިވަނީ މީގެ ހަފްތާއެއް ހާ ދުވަސް ކުރިންނެވެ. އެއީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ކަމުން މިއަދު މިއަދަދު 12،000 އަށްވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ނިރުބަވެރިން އަންނަނީ ޣައްޒާގެ ހޮސްޕިޓަލްތަކުގައި ތިބި މީހުން ހިމެނޭހެން ޣައްޒާގެ ދެކުނާއި އުތުރުގައި ތިބި ރައްޔިތުން ޝަހީދު ކުރަމުން ކަމަށްވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ