އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ހޯމަ ދުވަހު

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ މައްސަލައިގެ ޗިޓު ފޮނުވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އަންނަ ހަފްތާގެ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ މައްސަލައިގެ ޗިޓު ފޮނުވާފަ އެވެ.މި މައްސަލައިގައި އެމްޑީޕީގެ ފަރާތުން އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަންނަވާނީ ނާއިބު ރައީސް ކަމަށް މަޖިލީހުގެ އަމީން އާންމު ނިންމެވި ނިންމެވުމަކީ ގާނޫނު އަސާސީ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، ނާއިބު ރައީސް ނެތް ހާލަތެއްގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.ދެން އެދިފައި ވަަނީ މަޖިލީހުގެ ރައީސް، މަގާމުން ދުރުކުރުމަށް މިހާރު ހުށައަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ކުރީން މަޖިލީހުގެ އިތުރު ޖަލްސާ އެއް ނުބޭއްވޭނެ ކަމަށް އަމުރުކޮށް ދެއްވުމަށެވެ.ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި މަޖިލީހުން ފޮނުވި 14 ދުވަހުގެ ނޯޓިސް ހަމަވެފައިވީ ނަމަވެސް މިހާތަނަށް ޖަލްސާއެއް ބޭއްވިފައެއް ނުވެ އެވެ. ޖަލްސާތައް ކެންސަލްކޮށްފައި ވަނީ ނައިބް ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް މަޖިލީސް އިދާރާއިން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ