ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަކޮށް 300 ފްލެޓް ދޫކުރަން ނިންމައިފި

މިހާރު ކުރިމަތިލުމަށް އިއުލާންކޮށްފައިވާ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން 300 ފްލެޓް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު 'ދައުރު'އަށް ވިދާޅުވީ ރައީސް މިއަދު ނިންމަވާފައި ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާތާ 15 އަހަރުވެފައިވާ މުވައްޒަފުންނަށް ހާއްސަކޮށް 300 ފްލެޓް ދިނުމަށް ކަމަށެވެ. އަދި މި 300 ފްލެޓަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް އިއްޔެ ހުޅުވާލީ 6،000 ފްލެޓްގެ ތެރެއިން ޓޫރިޒަމް ދާއިރާއަށް ހާއްސަކުރާ ފްލެޓްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިރޭ އަޅުގަނޑުމެން އެކަމާ ގުޅޭ އުސޫލު ގެޒެޓްކުރާނަން،" އަކުރަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ