މޫސުން ގޯސްވެ އާ އަހަަރުގެ މިއުޒިކު ޝޯ ފަސްކޮށްފި

މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށް ވެސް ބުންޏެވެ.
އާ އަހަރު ފާހަގަ ކުރުމަށް މިއުޒިކް ޝޯ އެއް ހިމެނޭހެން މާދަމާ ރޭ ބޭއްވުމަށް ހަމެޖެހިފައިވާ ހަރަކާތްތައް ފަސްކޮށްފި އެވެ. 
އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ހާއްސަ ކޮށް "ދިވެހީންގެ ރާއްޖެ ފެސްޓިވަލް" ގެ ނަމުގައި މާދަމާ ފެސްޓިވަލެއް ބާއްވަން ސަރުކާރުން އޮތީ ނިންމާފައެވެ.އެގޮތުން ހަވީރު ކުޑަކުދީންގެ ހަވީރަކާއި ރޭގަނޑު މިއުޒިކް ޝޯ އަކާއި ލޭޒާ ޝޯ އެއް ކުރިއަށް ގެންދަން އޮތީ ނިންމާފައެވެ.ޔޫތު މިނިސްޓްރީން ދެންމެ ބުނީ މި ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ޝައުގުވެރިކަން އޮތް ކަމަށެވެ. ނަމަވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައިވާތީ ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާއި ގުޅިގެން ރޭގަނޑުގެ ހަރަކާތްތައް ފަސްކޮށްފައިވާ ކަަމަށެވެ.މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށް ވެސް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ