އުފާވެރި އަމާން ރާއްޖެ އަކަށް މިކުރާ ދަތުރުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ ފިތުނަވެރި ދޮގުތައް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ މިރޭ ސޯސަން ޖަގަހަ ކުރިމަތީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށާއި ރާއްޖޭގެ ބިމުގެ ބައެއް ބޭރުގެ ބާރުގެ ދަށުގައި އޮންނަ ކަމަށާއި އަދި އެފަދަ ވަރަށް ގިނަ ދޮގު ވާހަކަތަކެއް ފަތުރަމުންގެންދާ ކަމަށެވެ. ރައީސް ވިދާޅުވީ އެވަހާކަތައް ގަބޫލުކުރާ ދިވެހިންތަކެއް ވެސް އެބަ ތިބި ކަމަށެވެ.
ރައީސް ވިދާޅުވީ ތެދު ހާމަވަމުންދާ ވަރަކަށް ހަގީގަތް ގަބޫލުކުރަން ބޭނުންވާ ރައްޔިތުން އެވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން ގަބޫލުކޮށްފި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ގުޅިފަޅުން ފުލެޓު ފުލެޓު ދޭން ނިންމާފައިވަނިކޮށް، ކުރީ ސަރުކާރުން އެތަނުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ބަދަލު ދީފައިނުވާ ކަމަށާއި އެ ބަދަލު ދޭން ޖެހުނީ ވެސް މި ސަރުކާރުން ކަމަށެވެ. އަދި އެގޮތަށް ސީލައިފް މައްސަލަ އާއި ދަ ގާޑަން މައްސަލަ އާއި ކޭ ޕާކްގެ މައްސަލައިގެ އިތުރުން ގާކޮއްޓާއި އަރަބިއްޔާ ފުލެޓުތަކުގެ މައްސަލަ ވެސް އައިސްފައިވަނީ ކުރީގެ ސަރުކާރުގައި ކަންތައް ކުރި ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އަރަބިއްޔާ އާއި ގާކޮށީގެ ފުލެޓުތައް ކުޑަ އަގެއްގައި ދިނުމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ނިންމާފައިވަނިކޮށް، އެ އަގުތައް ބޮޑުކޮށްފައިވަނީ މިދިޔަ ސަރުކާރުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެކަމަށް ހައްލެއް ހޯދުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ހައްލު ހޯދައިދެވޭނީ މި ސަރުކާރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހުރިހާވެސް ހުރަހަކީ ފިތުނަވެރި ދޮގު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ