ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ވަގުތީ ގޮތުން މިވަގުތު ދޫނިދޫގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޓްވިޓާ މެދުވެރިކޮށް އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދުގެ ސަލާމަތައި ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭ ކަމަށާއި ބަންދުގައި ހުންނަވާއިރު އެމަނިކުފާނަށް ލިބި ވަޑައިގަންނަވަންޖެހޭ ރައްކާތެރި ކަމާއި ވެލްފެއާގެ ހިދުމަތް ވެސް ލިބިދެވޭއިރު އެމަނިކުފާނާ މެދު އަމަލު ކުރާނީ ވެސް ގަދަރު ދެވި އިހުތިރާމާއެކުގައި ކަމަށެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމް ކުށް ސާބިތުވެ، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވަނީ 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އޭގެ ފަހުން ހޯމް މިނިސްޓަރު ވިދާޅުވީ މާފުށީ ޖަލުގައި އެމަނިކުފާނުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ހަދަން ޖެހޭ ޔުނިޓް ހެދެންދެން އެމަނިކުފާނު ހުންނަވާނީ ދޫނިދޫގައި ކަމަށެވެ.
ރައީސް ނަޝީދަށް ރައްކާތެރިކަން އޮތް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އިރު އެމަނިކުފާނަށް އޮތް ރައްކާތެރި ކަމާމެދު އެމްޑީޕީން ވަނީ ސުވާލު އުފައްދާފައެވެ. އެގެގޮތުން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވެސް އެ ވާހަކަ ދައްކައި އެކަން ކަށަވަރު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ރައީސް ނަޝީދަށް ރައްކާތެރިކަން އޮތްކަން ކަށަވަރުކޮށްދެން: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ