ޔޫނުސްގެ ނިޔަތް ރަނގަޅެއްނޫން, އެއީ މަކަރުވެރިއެއް: ޙަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ, އެ ޤައުމުގެ އިންޓެރިމް ސަރުކާރުގެ ވެރިޔާ މުޙައްމަދު ޔޫނުސްއަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފިއެވެ.
އިންޑިއާގެ ޖަގަރްނޯޓުން ޝާއިޢުކުރި "އިންޝާﷲ ބަންގްލަދޭޝް: ދަ ސްޓޯރީ އޮފް އަން އަންފިނިޝްޑް ރެވޮލިއުޝަން" ފޮތުގައި ހަސީނާ ވިދާޅުވެފައިވަނީ ބަންގްލަދޭޝްގައި އޮތް ވެރިކަން ބަދަލުވެގެން ދިޔައީ ޔޫނުސް އަޑީގައި ހުރެގެން އެމެރިކާގެ އެއްބާރުލުމާއެކުގައިކަމަށެވެ. ޔޫނުސްއަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން އެ ފޮތުގައި ހަސީނާ ވަނީ ބަގާވާތަށް ފައިނޭންސް ކޮށްފައިވަނީ ޔޫނުސްކަމަށްވެސް ވިދާޅުވެފައެވެ. 
ހަސީނާ ވަނީ ބަންގްލަދޭޝްގެ ވެރިކަން ފުރޮޅިގެންދިޔަ ދިއުމަކީ ދިން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި ޢަދުލުއިންޞާފު ޤާއިމްކުރުމަށްޓަކައި އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ޔޫނުސްއަކީ އެމެރިކާގެ އެދުމުގެ މަތިން ފާއިތުވި އަހަރުގެ ޖުލައި-އޯގަސްޓް މަހު ބަންގްލަދޭޝްގައި ހިންގުނު ޓެރަރިސްޓް ހަމަލާގެ ރޭވުމާއި، ފައިނޭންސްކުރުމާއި، ތަންފީޒުކުރުމުގެ ފަހަތުގައި ހުރި މީހާއެވެ. އޭނާއަކީ އަމިއްލަ އެދުންތަކަށްޓަކައި އޭނާގެ ޤައުމު ހަލާކުކޮށްލި މަކަރުވެރިއެކެވެ
ޝޭޚް ހަސީނާ
ހަސީނާ ވިދާޅުވީ ބަންގްލަދޭޝްގެ އަވާމީ ލީގަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން އަންނަ އަހަރުގެ ޤައުމީ އިންތިޚާބުން ބައިކޮޓްކުރުމަށް ގޮވާލާފައެވެ. އެގޮތުން ޤާނޫނީ' ސަރުކާރެއް އުފެދުމުން އެކަމަނާ ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިވެއެވެ. 
ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުން މަގުތަކަށް ނިކުމެ ކުރި މުޒާހަރާތައް ބޮޑުވެ، އުފެދިގެންދިޔަ ހަމަނުޖެހުންތަކާއެކު ގައުމު ދޫކުރައްވައި ހަސީނާ އިންޑިއާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އެއަށްފަހުން ބަންގްލަދޭޝް ހިންގުމާ ވަގުތީގޮތުން ހަވާލުވެ ވަޑައިގެންނެވީ ނޯބަލް ސުލްހައިގެ އެވޯޑް ހާސިލްކޮށްފައިވާ މުހައްމަދު ޔޫނުސްއެވެ. 84 އަހަރުގެ ޔޫނުސް އަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހަސީނާގެ ސިޔާސީ ދުޝްމިނެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ބަންގްލަދޭޝްގެ ދަރިވަރުން ތަކެއް ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާތަކަށްފަހު ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގެންނެވިފަހުން ޙަސީނާއާ ދެކޮޅަށް ގިނަ އަދަދެއްގެ މައްސަލަތަކެ ބަންގްލަދޭޝްގެ ކޯޓުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ