ސަރުކާރުން އދ. އަށް ފޮނުވި ރިޕޯޓުގައި ބުނީ އެއްވެ އުުޅުމުގެ ފުރިހަމަ މިނިވަންކަން ދޭން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން އދ. އަށް ފޮނުވި ރިޕޯޓުގައި ބުނީ އެއްވެ އުުޅުމުގެ ފުރިހަމަ މިނިވަންކަން ދޭން މަސައްކަތް ކުރަމުންދާ ކަމަށް

އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން އދ. އަށް ފޮނުވި ރިޕޯޓެއްގައި ބުނެފި އެވެ.
އެއްވެ އުޅުމުގެ ހައްގާ ގުޅޭ ގޮތުން ރާއްޖެއިން ވާހަކަ ދެއްކީ، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ގައި ތަހުގީގު ކުރުމުގެ ކުރިން ފޮނުވި ކަންޓްރީ ރިޕޯޓުގަ އެވެ.
ރާއްޖެއިން ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށްފައި ވަނީ 2016 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނެއްގެ ދަށުން ކަމަށެވެ. އެކަމަކު ގާނޫނު އިސްލާހުކޮށް، އެއްވެ އުޅުމުގެ ހައްގު އިއާދަ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެއްވެ އުޅުމުގެ މިނިވަންކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާސް ކުރި ގާނޫނު އުވައިލަން މިހާރު އޮތީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލު ހުށަހެޅީ އިދިކޮޅު އެމްޑީޕީ އިންނެވެ. އޭގެ އިތުރުން ވެސް، ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރަން ހުށަހަޅާފައި އޮތް ބިލެއް މިހާރު ވެސް މަޖިލީހުގައި އެބަ އޮތެވެ.
ވެރި ރަށް މާލޭގައި ބޭއްވި ބޮޑު ތިން އެއްވުމެއް އަދި އެކި ކުދި އެއްވުންތައް މިފަހުން ފުލުހުން ވަނީ ރޫޅާލައިފަ އެވެ. އޭގެ ތެރޭގައި މެއި ޑޭގެ އެއްވުން، ޒުވާނުންގެ މުޒާހަރާ އަދި އޮކްޓޯބަރު 3، ގައި އިދިކޮޅު އެމްޑީޕީ އިން ބޭއްވި އެއްވުން ހިމެނެ އެވެ.
ޒުވާނުންގެ މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނަކަށް ދައުވާ ކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މައްސަލަ ޝަރީއަތް މި މަހުގެ ތެރޭގައި ފަށަން ވަނީ ހަމަޖެހިފަ އެވެ.
ގާނޫނުއަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ދީފައިވާ މިންވަރަށް އެ ހައްގު ދިނުމަކީ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެ އުޅުމަކީ އަސާސީ ހައްގެއް. އެއްވެ ހިޔާލުފާޅުކުރެވެން ޖެހޭނެ. އެކަމަކީ އަސާސީ ގޮތުން އޮންނަންޖެހޭ ކަމެއް. އެހެންވީމާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެ ފުޅާމިނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ތަންދޭ އެންމެ ފުޅާމިނަކަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލެއްވިއްޔާ ގެނެސްގެން ވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއްވެ އުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބިގެންދާނެ،" އޯގަސްޓް 15، 2023، ގައި ރައީސް ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ "ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވޭ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ