ޅ. އޮޅުވެލިފުށީގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި އެވެ.
އެ މަޝްރޫއުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޅ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ރަށަކަށް ހެނދުނު އޮޅުވެލިފުއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި އޮޅުވެލިފުށީގައި ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީންގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރާއި އޮޅުވެލިފުށި ކައުންސިލްގެ ރައީސް މުޙައްމަދު ޢާޒިމެވެ.
އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަންތަކުގައި ތަޙުޤީޤު ކުރެވޭނެ ގޮތްގޮތާއި އިންޓަލެޖެންސް ސެލްތަކާއި ކަސްޓޯޑިއަލް ސެލްތަކުގެ އިތުރުން ވެހިކަލް ޓޯވިން ފެސިލިޓީ އާއި ފުލުހުންގެ ވެހިކަލް މަރާމާތުކުރެވޭނެ ފެސިލިޓީތައް ގާއިމު ކުރެވޭނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.
މުޅި ރާއްޖެ އަށް މިހާރު ފުލުހުންގެ ހިދުމަތް ފުޅާކޮށްފައިވާ އިރު، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް ދޭން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އޮޅުވެލިފުށީގައި މިއަދު ވަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއްގެ ބިންގާ އެޅުމުގެ އިތުރަށް އެ ރަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
އޮޅުވެލިފުށީ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ