އެންއައިސީގެ ރައީސްގެ މަގާމަށް ޝުއައިބު

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އެކޮމިޝަނުގެ މެންބަރު، ދަފްތަރު ނަންބަރު ރސ 1188 ޝުއައިބު އަބްދުއްރަހްމާނު، މިއަދު އައްޔަނު ކުރައްވައިފިއެވެ.
މިއީ، ޝުއައިބު މި ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނު ކުރެއްވި ދެވަނަ ދައުރެވެ. އޭނާ މިކޮމިޝަނުގެ ރައީސްކަމަށް އައްޔަނު ކުރައްވާފައިވަނީ ކުރިން މި ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވުމާގުޅިގެންނެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް، ރައީސް ބޭފުޅަކު އައްޔަން ކުރެއްވީ، އެ ގާނުނުގެ 12ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، އެމަނިކުފާނަށް ލިބިދޭ ބާރުގެދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ