ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށައިފި

ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށާފައިވަނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
އާރުޓީއެލް ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި  ޚިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ދުވާފަރަކީ 5 ހާހެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ