ބެޓްމޭން އާއި ސުޕަމޭންގެ ފިލްމުތައް 2027ގައި
ރޮބަޓް ޕެޓިންސަން ބެޓްމޭންގެ ރޯލު ކުޅުނު ފިލްމު "ދަ ބެޓްމޭން" އާއި ޑޭވިޑް ކޮރިންސްވެޓް ފެނުނު "ސުޕަމޭން"ގެ ސީކުއަލް ފިލްމުތައް 2027 ގައި ނެރުމަށް ތައްޔާރުވެއްޖެއެވެ. ވޯނާ ބްރޮސްގެ ދަ ބެޓްމޭންގެ ފުރަތަމަ ބައެއް ރިލީޒްކޮށްފައިވަނީ 2022 ވަނަ އަހަރެވެ. ފިލްމުގެ ކާމިޔާބީއާ އެކު ސީކުއަލްއެއް އުފައްދާނެ ކަމަށް ޕްރޮޑަކްޝަނުން އިއުލާނު ކުރިއެވެ. ފިލްމު ރިލީޒްކުރުން އެންމެ ފުރަތަމަ ޕްލޭންކޮށްފައިވަނީ މިއަހަރަށެވެ. ނަމަވެސް ސްކްރިޕްޓްގެ ލަސްވުމާއެކު މެޓް ރީވްސްގެ ބެޓްމޭން ލަސްވަމުން ގޮސް އެންމެ ފަހުން މިހާރު ފިލްމު ރިލީޒްކުރުމަށް ތާވަލު ކޮށްފައިވަނީ 2027 އަށެވެ. އެއާއެކު ޖޭމްސް ގަން ޑައިރެކްޓް ކުރާ ސުޕަމޭންގެ ދެވަނަ ފިލްމެއް ވެސް އެ އަހަރު ނެރޭނެ ކަމަށް ގަން ދާދިފަހުން ހާމަކޮށްފައިވެއެވެ. މިއަހަރު ނެރުނު ސުޕަމޭންގެ އާ ފިލްމު ވެފައިވަނީ ބޮޑު ހިޓަކަށެވެ. އެއާއެކު ޑީސީގެ ޕްރޮޖެކްޓުތައް ބެލެހެއްޓުމުގައި އިސްކޮށް ހުރި ގަން ބުނެފައިވަނީ 2027 ވަނަ އަހަރު ވާނީ ބެޓްމޭން އާއި ސުޕަމޭންއަށް ބޮޑު އަހަރަކަށް ކަމަށެވެ. އެއީ ދެ ފިލްމުގެ ސީކުއަލް ވެސް އެ އަހަރު ނެރޭތީއެވެ. އޭނާ ހާމަކޮށްފައިވާ ގޮތުގައި ދެ ފިލްމުވެސް ނެރޭނީ ޖެހިޖެހިގެންނެވެ. އެއާއެކު ދެ ފިލްމު ގުޅުވާލައިގެން ޕްލޮޓް ދިމާކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް ދެ ފިލްމު ނެރޭނެ ސީދާ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ. މެޓް ރީވްސް ދާދިފަހުން ހާމަކޮށްފައިވަނީ ފިލްމުގެ ސްކްރިޕްޓް ނިމި ޝޫޓިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހަމަ އެއާއެކު ސުޕަމޭންގެ ސްކްރިޕްޓްގެ މަސައްކަތް ދާދިފަހުން ފަށާފައިވާ ކަމަށް ގަން ބުނެއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި އާ ފިލްމުގެ ޝޫޓިން ފަށާނެ ކަމަށްވެސް ގަން އިޝާރާތް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ