އެޗްޑީސީގެ މުއައްޒަފުންނަށް ހެދި އެޕާޓްމަންޓުތައް ހަވާލުކުރަން ފަށައިފި

އެޗްޑީސީގެ މުއައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ
އެއްވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ރީތިގަސް" ފްލެޓުތައް ލިބުނު
ފަރާތްތަކަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފިއެވެ.
އެކަމަށްޓަކައި، ހުޅުމާލޭގެ ރީތިގަސް މަގުގައި ރޭ ބޭއްވި
ހާއްސަ ރަސްމިއްޔާތުގައި ވަނީ ބައެއް މުއައްޒަފުްނަށް ހަވާލުކޮށްފައެވެ. އެޕާތްމަންޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބް އެވެ.
ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެޗްޑީސީގެ
މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ކުންފުނީގެ
ބޯޑު މެންބަރުންނާއި އިސްވެރިން ބައިވެރިވިއެވެ.
އެޗްޑީސީ މުއައްޒަފުންނަށް އެޕާޓްމަޓެއްގެ ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު..
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ
ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، އެޗްޑިސީގެ ސްޓާފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި މަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ތަރައްގީކޮށްފައެވެ.
އެޗްޑީސީގެ މުއައްޒަފުންނަށް ހާއްސަކޮށް ހެދި ޓަވަރެއް..
އެޗްޑީސީން ބުނީ ރޭ ހަވާލުކުރަން
ފަށާފައިވަނީ، ނިމިފައިވާ ޓަވަރު A އަދި ޓަވަރު B
ގައި ތަރައްގީކޮށްފައިވާ 153 އެޕާޓްމަންޓެވެ. އަދި ބާކީ ހަތަރު ޓަވަރުގެ
މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީގެ މުއައްޒަފުންނަށް ހާއްސަކޮށް ހެދި ޓަވަރެއް..
އެ ޓަވަރުތަކުގައި ކޮންމެ
ޓަވަރެއްގައި ދެ ލިފްޓު ގާއިމްކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާއާއި
ސެކިއުރިޓީ ރޫމްގެ އިތުރުން ކޮމާޝަލް ޔުނިޓުތައްވެސް
ހިމެނެއެވެ. މީގެ އިތުރުން ޖުމްލަ 54 ކާރު ޕާކިންގ ސްލޮޓާއި 782 ސައިކަލް
ޕާކިންގ ސްލޮޓްވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ
ކަނޑައަޅާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ