ވަގަށް ރާއްޖެ އެތެރެކުރުމުން މިދިޔަ އޭޕްރީލް މަހު ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި 1،360 ކޭސް ސިނގިރޭޓު ހިމެނޭ ދެ ކޮންޓެއިނަރު އެ ބަނދަރުން ވަގަށް ބޭރުކުރި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި 10 ވަނަ މީހަކު ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
ތަފްސީލް - އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އަލަމިން މިއާ، 36، އެވެ.
އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި
މިހާތަނަށް ވިޔަފާރި ބަނދަރުގައި ހިންގި އެންމެ ބޮޑު ވައްކަމާ ގުޅިގެން ހައްޔަރުކޮށްފައި ތިބީ:
މުހައްމަދު ވަހީދު (ދިގަލި)، އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު
އަހުމަދު އާރިފް، ލޮޓަސްގެ ވެރިޔާ
މުއާޒު އަލީ، ކަސްޓަމްސްގައި ކުރިން އުޅުނު؛ މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރެއް
ޒިވާރު އިސްމާއިލް، ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް
ހަސަން އަބްދުއްރަހްމާން، އެޕޯލޯގެ މުވައްޒަފެއް
އާދަމް ވަހީދު، ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ބޭރުކުރި ދޯނީގެ ކައްޕި؛ އެޕޯލޯގެ މުވައްޒަފެއް
އަހްމަދު ޝަހީމް، އެމްޕީއެލްގެ މުވައްޒަފެއް
ހުސެން ސާމިހު، އެމްޕީއެލްގެ މުވައްޒަފެއް
އަހުމަދު ފިރުސާން، އެމްޕީއެލްގެ މުވައްޒަފެއް
މި މީހުންގެ ތެރެއިން އާރިފްގެ އިތުރުން މުއާޒް އާއި ޒިވާރު އަދި ފިރުޝާންގެ އިތުރުން އާދަމް ވަހީދާއި މުހައްމަދު ވަހީދު ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ސިނގިރޭޓު ވައްކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ