އާންމު ސިއްހަތުގެ ނިޒާމު ވަރުގަދަ ކުރުމަށް ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމް ކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު މިއަދު މާލޭގައި ހުޅުވައިފި އެވެ.
ވީ ކިހިނެއް؟- މާފަންނު އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ނަމުގައި އެ ސެންޓަރު ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - އާބަން ޕްރައިމަރީ ހެލްތު ކެެއާ ސެންޓަރުތައް ގާއިމް ކުރަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމައެއް ބިނާވާނެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ސެންޓަރުގެ ހިދުމަތްތައް ބެހިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ:
އާންމު ބަލިޔަކުގެ ޑޮކްޓަރުންނަށް ދެއްކުން
އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުން؛ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދިނުން
އާންމު ސިއްހަރު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ޕްރޮގްރާމުތައް ހިންގުން
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާއުވުމަކީ މި ސަރުކާރުގެ ސިއްހީ ސިޔާސަތުގެ މުހިންމު ބަޔެކެވެ.
މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަހައްދުގައިގާއިމް ކުރާނެ
އެއީ މާލޭގައި 3 ސެންޓަރު އަދު ހުޅުމާލޭގައި 2 ސެންޓަރު
ފުރަތަމަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު މާލޭގައި ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ