ފޭކް ސްލިޕް ފޮނުވައިގެން 1500 ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރަށް
ގއ. ވިލިނގިލީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުންދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.ފުލުހުން އެ މައްސަލާގައި ހައްޔަރުކުރީ ގ. ރޯޒީ، މުހައްމަދު ޝަރީފެވެ.އޭނާ ހައްޔަރުކުރީ ވިލިނގިލީގެ އެކި ފިހާރަތަކުން ތަކެތި ގަނެ އޮންލައިންކޮށް ފައިސާދެއްކި ކަމަށް ބުނެ ފޭކް ސްލިޕް ފޮނުވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށް، ފުލުހުން މައުލޫމާތުދެއެވެ.މި މައްސަލައިގެ ތަހްގީގުގައި ބެލިބެލުމުން އެކި ފިހާރަތަކުން 1،500 ރުފިޔާގެ ތަކެތި އޭނާ ނަގާފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.މި މައްސަލައާ ގުޅިގެން ޝާރިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.ފޭކް ސްލިޕް ފޮނުވައިގެން މާލޭގެ އެކި ފިހާރަތަކުން ވިޔަފާރިކުރާ މައްސަލަ ވެސް ބޮޑެވެ. އެތައް ހާސް ރުފިޔާއެއްގެ ތަކެތި ގަންނަ ފަހުން، އެކަން ފަޅާ އަރައިގެން ވެސް ބައެެއް މީހުން ހައްޔަރުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ