1000އަށްވުރެ ގިނަ ކުދިންނާއެކު ބީއެމްއެލް ވާއު ކިޑްސް ރަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބީއެމްއެލް އިން ބުނީ އިއްޔެ ހަވީރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ދުވުމުގައި ހަތަރު އުމުރުފުރާއަކުން 1000އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާކަމަށެވެ. މިދުވުމުގެ އުމުރުފުރާތަކަކީ:
ބީއެމްއެލް އިން ބުނީ ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު މެޑަލް ދީފައިވާކަަށާއި، މި މެޑަލް ދީފައިވަނީ ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އާއި ޗެއާޕާސަން އަހުމަދު އަލީ ހަބީބް އަދި ބޭންކުގެ އޮފިޝަލުން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބޭ ދުވުމަކަށްވާއިރު، މި ދުވުން 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ބާއްވަމުންނެވެ.
މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
1000އަށްވުރެ ގިނަ ކުދިންނާއެކު ބީއެމްއެލް ވާއު ކިޑްސް ރަން ކާމިޔާބުކަމާއެކު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ