އާސަންދައިން ޝަހީދު ވަކިކޮށް، ބީސީސީގެ ފުރަތަމަ ޗެއާޕާސަނަކަށް އައްޔަންކޮށްފި
އާސަންދައިގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ޝަހީދު މުހައްމަދު އެ މަގާމުން ވަކިކޮށް, ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ)ގެ ފުރަތަމަ ޗެއާޕާސަންގެ މަގާމަށް މިއަދު އައްޔަނުކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ ޝަހީދު، އާސަންދައިން ވަކިކޮށް ބީސީސީއަށް ބަދަލުކޮށްފައިވާކަން މިއަދު އިއުލާންކޮށްފައެވެ. ޝަހީދުގެ އިތުރުން އާސަންދައިން އިތުރު، ނޮން-އެގްޒެކްޓިވް ދެ މެންބަރަކުވެސް ވަނީ ވަކިކޮށްފައެވެ. އެއީ އއ.ރަސްދޫ، ފުނަ މާލެ، އަހްމަދު ޝާކިރާއި ކ. ގުރައިދޫ، ސީޕްރައިޒް، އާއިޝަތު ޖީނާއެވެ. އޭގެ ތެރެއިން ޝާކިރު ވަނީ އައިލެންޑް އޭވިއޭޝަން ބޯޑުގެ ނޮން އެގްޒެކްޓިވް ބޯޑު މެންބަރުކަމަށް އައްޔަނު ކޮށްފައެވެ. ޝަހީދު، އާސަންދައިގެ ޗެއާޕާސަން ކަމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އަށެއްގައެވެ. https://sun.mv/215031 އޭގެ ކުރިން އޭނާ ސިވިލް ސާވިސް ކޮމިޝަންގައި މަސައްކަތް ކުރައްވައިފައެވެ. އެގޮތުން އެ ކޮމިޝަންގެ ކޮމިޝަނަރު ކަމާއި، ނައިބު ރައީސްކަން ވެސް ކުރެއްވިއެވެ. ޕީސީބީން ސަރުކާރު ކުންފުނިތަކަށް ބަދަލުތަކެއް ގެންނަމުންދާއިރު، އިއްޔެވަނީ، ކުރިން ވެމްކޯގެ ޑީއެމްޑީ ކަމުން ވަކިކޮށްފައިވާ ޝަހީދު އިބްރާހިމް ޕޯސްޓްގެ ޑީއެމްޑީއަކަށް އައްޔަނު ކޮށްފައެވެ. އަދި މިއަދު އެ ބޯޑުން ވަނީ، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް، ބޭސް ކުންފުނީގެ ޗެއާޕާސަން ކަމަށް އައްޔަނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ