ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ތައާރަފުކުރުމަށް ތައްޔާރުވަނީ! ގިނަ އަދަދެއްގެ ބަނގުރަލާއެކީ ހުޅުމާލެ އިން ދެ މީހަކު ހައްޔަރުކޮށްފި ހުޅުމާލެ ފޭސް 1 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި ހުޅުމާލޭގައި ކުނި މެނޭޖްކުރުމަށް ބިން ދޫކުރުމަށް އެ

ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓައިގެން ޚިދުމަތް ދޭ ކެފޭ މޭޒުތަކާއި ގޮނޑިތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަނެއްކާ ވެސް އަންގައިފިއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ހިދުމަތް ނުދޭން މިދިޔަ އޮގަސްޓު މަހު އެންގި ނަމަވެސް، އަދިވެސް ގިނަ ކެފޭތަކަކުން އެކަން ކުރަމުންދާ ކަމަށެވެ.
މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ދުވާރުމަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާ ކަމެއްކަން އެ ކޯޕަރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑި އާއި މޭޒުތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީންގެ އިއުލާނުގައި ވަނީ އަންގައިފައެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ހެޖުތެރޭގައި ބިޔަވާ ޒާތުގެ ގަސްތައް އިންދާފައި ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ވެސް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ، އެ ގަސްތައް ނެގުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ.
އެޗްޑީސީން ބުނީ އަންނަ ބުރާސްފަތީގެ ކުރިން ގޮނޑިތަކާއި މޭޒުތަކާއި ގަސްތައް ނުނަގައިފިނަމަ، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން މުދަލަށް ލިބިދާނެ ގެއްލުމަކަށް ޒިންމާއެއް ނުވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ