އައްޑޫ ރިފަރެންޑަމް: ރީ ރަޖިސްޓްރޭޝަނުގެ މުއްދަތު އިތުރުކޮށްފި

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ހިޔާލު ހޯދުމުގެ ވޯޓުގެ ވޯޓުގެ ރީ-ރަޖިސްޓްރޭޝަނުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.އިލެކްޝަންސް ކޮމިޝަން (އީސީ) ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ރީރަޖިސްޓްރީވާން ފުރަތަމަ ހުޅުވާލި މުއްދަތު ވަނީ އިއްޔެ 18:00އަށް ހަމަވެފަ އެވެ. އެކަމަކު، އެ މުއްދަތު މިހާރު އީސީން އިތުރުކޮށްފައިވާއިރު، މިއަދުގެ 18:00ގެ ކުރިން ރީރަޖިސްޓްރީވެވޭނެއެވެ.އެގޮތުން، ރީރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރީ- ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ވަނީ ބުނެފަ އެވެ.ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ 25 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޫބަރު 5، ގަ އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.މިހާރު އައްޑޫގެ ހުރިހާ ރަށްތަކެއް (އަވަށްތަކެއް) ތަމްސީލުވާ ގޮތަށް ސިޓީ ކައުންސިލެއް އޮންނަ އިރު، އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ ތިން ރަށުގެ ރައްޔިތުން އެކަމަށް އެދިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.ނަމަވެސް މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާވުވުންތަކާއި ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ