އުރީދޫ އިން ދިވެހި ވިޔަފާރިތަކަށް ގޫގުލް ވޯކްސްޕޭސް ތައާރަފްކުރަނީ އުރީދޫ އިން ދިވެހި ވިޔަފާރިތަކަށް ގޫގުލް ވޯކްސްޕޭސް ތައާރަފްކުރަނީ

ގޫގުލް ވޯކްސްޕޭސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ތައާރަފްކުރުމަށް އުރީދޫ މޯލްޑިވްސް އިން ގޫގުލް ކްލައުޑާ އެކު ޕާޓްނާޝިޕެއް ހަދައިފި އެވެ.
ކްލައުޑް ބޭސްޑް ގޫގުލް ވޯކްސްޕޭސްއަކީ ޖީމެއިލް މެދުވެރިކޮށް ޕްރޮފެޝަނަލް އީމެއިލް، ގޫގުލް ޑްރައިވް މެދުވެރިކޮށް ރައްކާތެރި ކްލައުޑް ސްޓޯރޭޖް، ގޫގުލް ޑޮކްސް، ގޫގުލް ޝީޓްސް އަދި ގޫގުލް ސްލައިޑްސް ފަދަ ކޮލަބްރޭޓިވް ޓޫލްސްތައް ހިމެނޭ ޕްލެޓްފޯމެކެވެ.
އެ ޕްލެޓްފޯމުގައި ގޫގުލް ކަލަންޑަރާ އެކު ޝެޑިއުލް ކުރުމާއި ގޫގުލް މީޓް އަދި ގޫގުލް ޗެޓް މެދުވެރިކޮށް ވާޗުއަލް މީޓިންތައް މެދުވެރިކޮށް ވިޔަފާރިތައް އިތުރަށް ހަރުދަނާ، އަވަސް އަދި ރައްކާތެރިކަމާއެކު ކުރިއަށް ގެންދެވޭނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް ހައްމާދީ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މިހާރުގެ ޑިޖިޓަލް މާހައުލުގައި ރާއްޖޭގެ ވިޔަފާރިތައް ކާމިޔާބުވުމަށް އެހީތެރިކަން ފޯރުކޮށްދީ، ގޫގުލް ވޯކްސްޕޭސް ފަދަ ލީޑިން ޓޫލްސްތައް ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
"މިއީ ޓެކްނޮލޮޖީއަށް ވުރެ މާ ބޮޑު ކަމެއް. އެއީ ވާދަވެރި ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތަކަށް ހަގީގީ އަގު ހޯދައިދީ، އެ ވިޔަފާރިތަކުގެ ކުރިއެރުމާއި، އީޖާދީ އަދި ކާމިޔާބީއަށް އެއްބާރުލުން ދިނުން،" އޭނާ ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސާ، ރާޖޭޝް މެހެތާ ވިދާޅުވީ ގޫގުލް ވޯކްސްޕޭސްއާ އެކު އުރީދޫ ބިޒްނަސް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕް އަދި ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތް ބަދަލުކޮށްލާ، މަގްސަދުތައް ހާސިލް ކުރެވޭނެ ކަމަށެވެ.
ގޫގުލް ވާކްސްޕޭސް ތައާރަފްކުރުމުގެ ސަބަބުން އުރީދޫ މޯލްޑިވްސް އިން ވިޔަފާރިތަކަށް ހާއްސަގޫގުލް ވޯކްސްޕޭސް ޕްލޭންތައް ލިބިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ