ނޭޝަނަލް ވޯޓަރ، ސެނިޓޭޝަން އެންޑް ހައިޖީން ޕޮލިސީ ވެލިޑޭޓްކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) ގެ އެހީގައި، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ތައްޔާރުކޮށްފައިވާ ޑްރާފްޓް ނޭޝަނަލް ވޯޓަރ، ސެނިޓޭޝަން އެންޑް ހައިޖީން (WASH) ޕޮލިސީ އަދި އެކްޝަން ޕްލޭން ފައިނަލް ކުރުމަށްޓަކައި، ވެލިޑޭޝަން ވާރކްޝޮޕެއް މިއަދު ވަނީ ބާއްވާފައެވެ.
މިއީ ޤައުމީ ފެންވަރުގައި އެކުލަވާލާ މިފަދަ ފުރަތަމަ ޕޮލިސީއެވެ.
މިއަދު ބޭއްވި ވެލިޑޭޝަން ވޯކްޝޮޕްގައި، ސަރުކާރުގެ ގިނަ މުއައްސަސާތަކުންނާއި، ޔުޓިލިޓީ ކުންފުނި ތަކުންނާއި އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެފައިވެއެވެ. މިގޮތުން މި ހުރިހާ ފަރާތްތަކުގެ ބައިވެރިވުން ލިބިގެން ދިއުމަކީ، ޑްރާފްޓްކޮށްފައި ޕޮލިސީ އިތުރަށް ހަރުދަނާކުރުމަށާއި، ދުޅަހެޔޮ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް މުހިންމު ކަމެކެވެ.
މިފަދަ ޕޮލިސީއެއް އެކުލަވާލުމުގެ ބޭނުމަކީ އާންމު ބޭނުންތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެކަށީގެންވާ ފާޚާނާ އަދި ނަރުދަމާގެ ޚިދުމަތްފޯރުކޮށްދީ، ދުޅަހެޔޮ ރައްކާތެރި މާހައުލެއް ޤާއިމުކޮށް، ދެމެހެއްޓެނިވި ގޮތަކަށް މި ކަންކަން ކުރުމަށް އެހީތެރިވެދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ