މިރޭގެ ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އަދި ބައެެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުރާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ހާމަކޮށްފައިވެއެވެ.
އޭގެ އިތުރުން އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް އެއިދާރާއިން ހާމަކޮށްފައިވެއެވެ. އަދި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން 4-7 ފޫޓު ހުންނާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި 2-5 ފޫޓު ރާޅުގެ އުސްމިނުގައި ހުންނާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
މިރޭގެ މޫސުން: އެކި ހިސާބަށް ވިއްސާރަކުރާނެ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ